English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫ ޒުވާނުން އިސްނަގައިގެން މިހާރު ކުރިއަށްގެންދާ “ހެޕީ މާކެޓް ރަމަޟާން ވޮލީބޯލް ޓޯނަމެންޓް”ގައި މިރޭ ކުޅުނު މެޗު މިކްސް ސިކްސް ކާމިޔާބުކޮށްފިއެވެ. މިރޭގެ މެޗު އެޓީމު ކާމިޔާބުކުރީ އެވްރީ ގްރޭޓް ޕާސަން (އީޖީޕީ) އާ ބައްދަލުކޮށް 3-1 ސެޓުންނެވެ. ފޭދޫ ވޮލީކޯޓުގައި މިރޭ ކުޅު މިމެޗުގެ ފިރެހެން މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާޒީ ނަމްބަރ 11 އަހުމަދު ދީދީއެވެ. އަންހެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖާޒީ ނަމްބަރ 7 ފާތިމަތު ނުސްރާއެވެ. މި މުބާރާތުގައި ޖުމްލަ 4 ޓީމް ވާދަކުރެއެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 މެޗެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 26 ވަނަ ދުވަހުގައެވެ. މުބާރާތުގެ މެއިންސްޕޮންސަރަކީ ހެޕީމާކެޓެވެ.