English Edition
Dhivehi Edition
ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ފޮޓޯ: އިމިގްރޭޝަން

މާލޭ އާޓިފިޝަލް ބީޗުގައި، މާރާމާރީ ހިންގި ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

މި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯތަކުން ގިނަ އަދަދެއްގެ ބިދޭސީންތަކެއް މާރާމާރީ ހިންގާތަން ފެނެއެވެ.

މި މާރާމާރީ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މީހަކު ބުނީ އެތަނަކީ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ގޮސް އުޅޭތަނެއްކަމަށެވެ. އަދި ކޮންމެ ހަފްތާ ބަންދެއްގައި ބިދޭސީން އެ ސަރަހައްދަށް އެއްވެ މާރާމާރީ ހިންގާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. މީގެ އިތުރުން މިކަމުގެ ކަންބޮޑުވުންފާޅުކުރި މީހަކު ބުނީ ކޮންމެ ދުވަހަކު ފުލުހުންނަށް އެތަނަށް ދެވެނީ ސީން ނިމޭ ފަހުން ކަމަށްބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ.

މި މާރާމާރީ އާއި ގުޅިގެން ‘އެކްސް’ގައި ޝައްމާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުންދާ ކަމަށެވެ. އަދި މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޝައްމާން ވަނީ ދެއްވާފައެވެ.