English Edition
Dhivehi Edition
ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ފޮޓޯ: ރައީސް އޮފީސް

ދުންފަތާ ދުރުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ “ކުއިޓް ލައިން”ގެ ނަމުގައި ހޮޓްލައިން ނަމްބަރެއް ތައާރަފްކޮށްފިއެވެ.

މިއަދު ރޯޝަނީ ބިލްޑިންގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ހިދުމަތް ލިބިގަތުމަށް 1676 އަށް ގުޅުމުން، 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ދުންފަތާ ދުރުވުމަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމްގެ އިތުރުން އެހެނިހެން ފަރުވާތައް ވެސް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި މި ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި “ޓޮބޭކޯ ސިޒޭޝަން ކްލިނިކް”ތައް ގާއިމުކޮށްފައިވާއިރު ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މި ހިދުމަތް ހުރިހާ ރަށެއްގައި ފެށޭނެކަމަށެވެ. އެގޮތުން އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކޮށް އިނާމު ދިނުމަށް ނިންމާފައިވެއެވެ. އިނާމު ލިބޭ ރަށްރަށުގެ އިޖުތިމާއީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމަވައިފައެވެ.