އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނު ކޮށްފިއެވެ.
އުރީދޫ އިން ބުނީ ލިމިޓުގެ ކަންބޮޑުވުންތަކާ ދުރުވެ 1ޖީބީޕީއެސް އާ ހަމައަށް ސްޕީޑާއެކު މެދުނުކެޑި ކަނެކްޓިވިޓީ ލިބޭނެ ކަމަށެވެ. އުރީދޫ އިން ބުނީ މި ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފު ކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓެޑް އިންޓަނެޓް ފޯރުކޮށްދީފައިވާ ކަމަށެވެ.
އަންލިމިޓެޑް ސުޕަނެޓާއެކު؛
• އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
• އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
• ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން
އުރީދޫ އިން ބުނީ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން 1ޖީބީޕީއެސް އާ ހަމައަށް ބާރު ސްޕީޑް ހިމެނޭ ކަމަށެވެ. އަދި މި ފައިދާތަކާއެކު ކަނެކްޓެޑް ޑިވައިސްތަކުގެ ފުރިހަމައަށް ބޭނުން ކުރެވޭނެއިރު ފިލްމް މެރެތަންއަކަށް ވިޔަސް، އޮންލައިން ގޭމިން ސެޝަނެއް ވިޔަސް، ވޯކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައި ވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަގީގަތުގައި އަންލިމިޓެޑް އިންޓަނެޓް ގެ ތަޖުރިބާއިން ލިބޭނެކަމަށް އުރީދޫ އިން ވަނި ބުނެފައެވެ،
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުން އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏަށް ވާއިރު، ހަގީގަތުގައި ވެސް އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އިތުރު ސްޕީޑްތަކަކާއެކު ހުށަހަޅައިގެން، ހަމައެކަނި އުންމީދުތައް ހާސިލްކުރާ ކަމެއް ނޫން ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. ރާއްޖޭގެ އިންޓަނެޓު ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް އުރީދޫ އިން މަސައްކަތް ކުރަމުން އަންނައިރު މި އަޕްގްރޭޑުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ރަނގަޅު ނެޓްވޯކްގައި މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސް އިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލެވިގެން ތިބުމުގެ މަގު ފަހިކޮށްދެމުންނެވެ.