English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

އާންމު ސިއްހަތަށް ގެއްލުންވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުން ދިޔަ ދެ ތަނެއް ބަލާ ފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 02 އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީ 09 ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ 03 އަންހެނަކާއި 02 ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ.