އައްޑޫ ސިޓީ ޑްރައިވިންގ ސްކޫލުން 2025 ވަނަ އަހަރުގެ ނިއު އިޔަރ ޕްރޮމޯޝަން ތަޢާރަފުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ސައިކަލު ލައިސަންސް ކޯސް 1500 ރުފިޔާއަށް އަދި ކާރު ލައިސަންސް ކޯސް 3000 ރުފިޔާއަށް ހުށަހަޅާފައިވެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އައްޑޫ ސިޓީ ޑްރައިވިންގް ސްކޫލުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ހޮޓްލައިނަށް ގުޅާލައިންވެސް މައުލޫމާތު އޮޅުން ފިލުވޭނެއެވެ.
އައްޑޫ ސިޓީ ޑްރައިވިންގް ސްކޫލުގެ ވެރިޔާ ޙަސަން ޝިފާޢު ވިދާޅުވީ މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޑިސެންބަރު 2024 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ޕްރޮމޯޝަންގެ މަޤްޞަދަކީ އާ އަހަރާ ދިމާކޮށް ގިނަ ބަޔަކަށް ވެހިކަލް ދުއްވުމުގެ ހުނަރު ދަސްކޮށްދިނުމަށް ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
އައްޑޫ ސިޓީ ޑްރައިވިންގް ސްކޫލަކީ ރާއްޖޭގައި ފުރަތަމަ ޑިޖިޓަލައިޒްކޮށް ހުޅުވުނު ޑްރައިވިންގް ސްކޫލެވެ. މި ސްކޫލް ރަޖިސްޓްރީ ކުރެވުނީ 20 ނޮވެމްބަރު 2023 ގައެވެ.