ބޮޑު ކަންނެލި މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެކިންގ ފެސިލިޓީއެއްގެ ޚިދުމަތް ނުލިބުން ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.
ކަނޑުމަހުގެ މަސްވެރިކަމަށް ބޮޑު އިންވެސްޓުމެންޓުތައް ކުރިއަށް ގެންދާއިރު ބޮޑުކަންނެލި މަސްވެރިކަމަށް ވެސް އެ މިނިސްޓްރީން ދަނީ މުހިންމު ކަންކަން ރާވައި ތަންފީޒު ކުރަމުން ކަމަށް ފިޝަރީސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ ބޮޑު ކަންނެލި މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެކިންގ ފެސިލިޓީއެއްގެ ޚިދުމަތް ނުލިބުން ކަމަށެވެ. މިކަމަށް ހައްލު ހޯދުމަށް ޓަކައި ޕެކިން ފެސިލިޓީއެއް އެޅުމަށް ހުޅުމާލެ ފޭސް އެކަކުން 20 ހާސް އަކަފޫޓުގެ ބިމެއް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން މި ފެސިލިޓީ ބިނާކުރުމަށް ފަންޑު ވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް މި ފެސިލިޓީ ނިންމާ އޭގެ ފައިދާ ބޮޑުކަންނެލީގެ މަސައްކަތް ކުރާ ފަރާތްކަށް ލިބުމަށް ކަމަށެވެ.