English Edition
Dhivehi Edition

ކެޓަގަރީ 1 ގައި ހިމެނޭ މަސްތުވާއެއްޗެއް ކަމަށް ވާ މެފެޑްރޯންގެ 3 ކިލޯ ބޭންކޮކަށް އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި ދިވެއްސަކު އެ ގައުމުން ހައްޔަރު ކޮށްފިއެވެ.

ޔޫކޭ މަގުން އެގައުމަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ޕްރޮޓީން ސަޕްލިމެންޓް ތަކެއްގެ ގޮތުގައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

‘ތައިގާ’ ނޫހުން ބުނީ، ބޭންކޮކް ފުލުހުން ދިވެހި މީހާ ހައްޔަރު ކުރީ، ޔޫކޭއިން ބޭންކޮކަށް ފޮނުވި ޕެކޭޖްތައް ބަލައި ޕޯސްޓް އޮފީހަށް ގޮސް ހުއްޓާ ކަމަށެވެ. އެހެންނަމަވެސް އެމީހާގެ ވަނަވަރު އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރާއި ކަމާއި ގުޅޭ އިދާރާތަކުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.