English Edition
Dhivehi Edition
އަބްދުﷲ ސާދީގު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ހައްޔަރު ކުރި މީހާގެ ލަގެޖުން 270 ގްރާމް ހެރޮއިން ފެނުނީ މާ ޖަހާފައިވާ ޓުކުރި ތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ހައްޔަރު ކުރި ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތައިލޭންޑުން ރާއްޖެއަށް އައި ސޯދިގް ހައްޔަރު ކުރުމަށް ފަހުހަތަރު ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވެއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެއެވެ.

އެގޮތުން އޭނާގެ ލަގެޖުގެ ގޮތުގައި ގެންގުޅުނު ފޮށި ބަލައި ފާސްކުރި އިރު އެ ލަގެޖް ތެރޭގައި މާ ޖަހާފައި އޮތް ތިން ޓުކުރިއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 270 ގްރާމް ހުރި ކަމަށް ދައްކާ އިރު އޭނާގެ ކުޑަކަމުދާ ތަކެތި އޯޕީއޭޓްސް އަށް ޕޮސިޓިވްވެފައިވާ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.

270 ގްރާމްގެ ހިރޮއިން ރާއްޖެއަށް އެތެރެކުރަން އުޅުނު މި މީހާ އަކީ ބަންދުގެ ރެކޯޑް ވެސް އޮތް މީހެކެވެ.