English Edition
Dhivehi Edition
އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަން

ހުޅުމާލޭގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިއަ 07 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ އޮކްޓޯބަރު 31 އަދި ނޮވެންބަރު 01 ވަނަ ދުވަހުގައި ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިންސްޕެކްޝަނެއް ހިންގާފައިވާކަމަށެވެ. އެގޮތުން ބެލި ސަރަހައްދުތަކުގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިއަ 07 ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއާއެކު ގިނަ ތަންތަން ބަލައި ފާސްކޮށް 4300 އަށް ވުރެ ގިނަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓްކޮށްލާފައެވެ.