English Edition
Dhivehi Edition

ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރަންސަށް އިސްކަންދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގާ އިޖްތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމް “އާސަންދަ ސްކީމް” އަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެންސްޕާއިން ވަނީ ބުނެފައެެވެ. އަދި މި މަގްސަދު ހާސިލުކުރުމަށްޓަކައި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެންސްޕާއިން ބުނީ މިކަންކަން ކުރިއަށްދަނީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށް ފެންނަފަދަ އުސޫލަކުންކަން ކަށަވަރުކުރުމަށްޓަކައި މިފިޔަވަޅު ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެނ،ް “އައުޓް ޕޭ ޝަންޓް” އަދި “އިން ޕޭ ޝަންޓް ” ގެ ހިދުމަތްތައް ވަކިންކަމަށެވެ.

އެގޮތުން ނޮވެންބަރު 1، 2024 އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން “އައުޓް ޕޭ ޝަންޓް” ގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމ،ަ ޕްރައިވެޓް އިންޝުއަރަންސަށް ފުރަތަމަ ބިލް ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އަދި ޕްރައިވެޓް އިންޝުއަރަންސް ނަގާފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝުއަރަންސް އިން އެ ހިދުމަތެއް ކަވަރު ނުކުރާ ނަމ،ަ އެ ފަރާތަކަށް މިހާރެކޭ ވެސްއެއް ގޮތަށް އާސަންދައިން އެ ހިދުމަތަކަށް ކަވަރޭޖެ ލިބިގެން ދާނެކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އާސަންދަ ސްކީމް މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށްފަހު އެކަމުގެ ރަސީދު ހޯދުމަށްވެސް އެންސްޕާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ އުސޫލާއި ހިލާފަށް ހިދުމަތްދޭ މަރުކަޒުތަކުން އަމަލުކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން އާސަންދަކޮމްޕެނީ ލިމިޓެޑްގެ “ޝިކާވަތި” ޗެޓްލައިން ގުޅުމަށްވެސް ވަނީ އެެދިފައެވެ.