English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައިފާސްކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކުރިއިރު 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.

ގައްދޫ ޕޮލިސް ސްޓޭޝަން، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ސަބް ރީޖަންގެ ރެޕިޑް ރެސްޕޮންސް އެންޑް ހައިވިސިޕިލިޓީ ޓީމު ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ މީހުންނާ ސުވާލުކުރުމަށްފަހު އެ މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.