English Edition
Dhivehi Edition

ދަނޑުވެރިކަމުގެ ބޭނުމަށް ގދ. ކަންނިގިއްލާ ކުއްޔަށް ދޫކުރަން އެ އަތޮޅު ހޯނޑެއްދޫ ކައުންސިލުން ހުޅުވައިލައިފިއެވެ.

ހޯނޑެއްދޫ ކައުންސިލުން ކުރި އިއުލާނުގައި ވަނީ، ދިގު މުއްދަތަށް އެރަށުގައި ދަނޑުވެރިކަމާއި މެރިކަލްޗާ އަދި ޖަނަވާރު ގެންގުޅުންފަދަ މަސައްކަތްތައް ކުރުމަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ.

މި ރަށުގައި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އީއޯއައި ހުށަހަޅަން ޖެހޭއިރު، އީއޯއައިގައި ހިމަނަންޖެހޭ މައުލޫމާތުގެ ތެރޭގައި:

  • އީއޯއައި ހުށަހަޅާ ފަރާތުގެ މައުލޫމާތު ނުވަތަ ކުންފުނީގެ މައުލޫމާތު
  • މަގާމު
  • ދިރިއުޅޭ އެޑްރެސް
  • އީމެއިލް އެޑްރެސް
  • ފޯނު ނަމްބަރު
  • ދާއިރާއިން ހޯދައިފައިވާ ތަޖުރިބާ

ހޯނޑެއްދުއާއި މަޑަވެއްޔާ ދެމެދުގައި އޮންނަ ކަންނިގިއްލާއަށް ބިޑު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 21ވަނަ ދުވަހެވެ