English Edition
Dhivehi Edition
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުން ކުރިއަށްދާޮތް ބައްލަވާލެއްވުމަށް ރައީސް ޞާލިޙް ކުރެއްވި ޒިޔާރަތުގެ ތެރެެއިން - ފޮޓޯ: އަލީ ނަސީރު (ޕީއެސްއެމް)

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން “އަލްމަހެފިލްލުލް ޤުރްޢާން”ގެ ނަމުގައި ކީރިތި ޤުރުއާނާއި ގުޅޭ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

އައިޔޫއެމްގެ ހޯލްގައި 02 ނޮވެމްބަރ ވާ ހޮނިހިރު ދުވަހު، ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި، ކީރީތި ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަމާއި ތަފްސީރީ ފިލާވަޅުތަކާއި، ޤުރްޢާން ރީތިކޮށް ތިލާވަރުކުރަން ބޭނުންވާ ހުނަރުތަކާއި އުކުޅުތަކުގެ އިތުރުން ޤުރުޢާން އުގަންނައިދޭ މީހާގެ އަދަބުތަކާއި ގުޅޭގޮތުން ވެސް މައުލުމާތު ހިއްސާކުރާނެއެވެ،

މި ވޯކްޝޮޕްގައި، ޢިލްމުވެރިންގެ ގޮތުގައި ބައިވެރިވަނީ އައިޔޫއެމްގެ ވައިސް ޗާންސެލަރ، ޑރ. އަލީ ޒާހިރު، އިބްރާހިމް ރަމްޒީ، ޑރ.ޖުމްއާ ހަމްދީ ސާލިމް، އިބްރާހިމް ޝިފާއު،ޑރ. އަބްދުއްސައްތާރު އަބްދުއްރަޙްމާން، ފަޞީލަތުއްޝައިޚުލްމުޤްރިއު އަޙްމަދު ލާޝީން، ޑރ. މުޙައްމަދު މަސްޢޫދު ޢުލްވާނީ، މުޙަންމަދު ޝިނާން މުނީރު އަދި ޑރ. އަބްދުﷲ ޖަމީލެވެ.

މި ވޯކްޝޮޕަކީ އެކި މަރުޙަލާތަކަށް ބަހާލައިގެން، 02 ނޮވެމްބަރ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އަކުން 16:15 އަށް ކުރިއަށް ދިޔުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިންކު މެދުވެރިކޮށް، ރަޖިސްޓަރީ ކުރެވޭނެއެވެ.