English Edition
Dhivehi Edition

މާލޭ، އުސްފަސްގަނޑާއި ދިމާލުން ކަނޑުމަތިން ނިޔާވެފައި އޮއްވާ އިއްޔެ ފެނުނު އިދިކޮޅު އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް، އިބްރާހިމް ޖައުފަރު (ޖައުހަރީ/ޖޯރޭ) އެންމެ ފަހުން ފެނިފައިވަނީ އެ ސަރަހައްދުގައި މަސް ބާނަން ހުއްޓާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޭނާއަކީ ބައެއް ދުވަސްދުވަހު އެ ދިމާލަށް ނުކުމެ މަސްބާނަން ހުންނަ މީހެކެވެ.

އުސްފަސްގަނޑު ކައިރިން އިއްޔެ ޖައުފަރުގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެގެ ހަވީރު 17:06 ހާއިރުގައެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި ހަރަކާތްތައް ފޮޓޯ ނެގުމުގައި ހަރަކާތްތެރިވަމުން ދިޔަ ޖައުހަރަކީ އެމްޑީޕީން ބާއްވާ އެކިއެކި ހަރަކާތްތަކުގައި ފޮޓޯ ނެގުމުގައި ހަރަކާތްތެރިވި، އިސް އެކްޓިވިސްޓެކެވެ.

އިސްލާހީ މަސައްކަތްތަކުގައި އުޅުނުއިރު، އޭނާއަށް ޖަލު ބަންދުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ.

ޖައުފަރަކީ ދޮންނަ މެޝިނާއި މޯޓަރު ފަދަ ތަކެތި މަރާމާތު ކޮށްދިނުމުގައި ވެސް މާލޭގައި ނަން މަޝްހޫރު މީހެކެވެ. އަދި އޭނާ އަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ވެސް ބައްޕަ އެވެ.