English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިމަހު 10 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާ “ހާޝީޒް ފޭދޫ ސޮކަރކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ގުރުއަތުލުން މިރޭ އޮންނާނެއެވެ.

ޖުމްލަ 6 ޓީމް ބައިވެރިވާ މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިރޭ 8:45 ގައި ފޭދޫ ފުޓުބޯޅަ ދަނޑުގައި ކަމަށް މުބާރާތް އިންތިޒާމްކުރާ ދިފޭދޫ ސްޕޯޓްސްއިން ބުންޏެވެ. މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހައިގެން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރު ކުޅޭ ގޮތަކަށެވެ. އެގޮތަށްކުޅެ ސެމީއަށްދާނީ އެންމެގިނަ ޕޮއިންޓް ހޯދާ 4 ޓީމެވެ. ފައިނަލުގައި ކުޅޭނީ ސެމީގައި ކުޅެ މޮޅުވާ ދެޓީމެކެވެ.

މުބާރާތަށް ތައްޔާރުވުމަށް ދިފޭދޫ ސްޕޯޓްސްއިން ގެންދަނީ އެކިސަރަހައްދުތަކުގައި ބޭނާތައް ދަމައި އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރަށް މުބާރާތް ބާއްވާ ފޭދޫ ފުޓުބޯޅަ ދަނޑު ތައްޔާރު ކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މުބާރާތް ރާވާފައިވާ ގޮތަށް ހުރިހާ ކަމެއްދާ ކަމަށްވާނަމަ ޖެނުއަރީ 26 ގައި މުބާރާތް ނިމޭނެއެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.