English Edition
Dhivehi Edition

އައްޑޫގެ މަގުތަކަށް ދޫކޮށްފައި ހުރި ވެހިކަލްތައް ނެގުމަށް އައްޑޫސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިތަދޫއަވަށުގައި ހިންގާ ސާވިސްގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި ޤަވާއިދާ ޚިލާފަށް ގިނަޢަދަދެއްގެ ވެހިކަލްތައް މަރާމާތު ކުރުމަށް ގެންގޮސް ބަހައްޓާފައިހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް މަގުމައްޗަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމަކީ މަގުބޭނުންކުރާ ފަރާތްތަކަށް ދަތިއުދަގޫ ކަމަކަށްވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވަމުންދާ ކަމެއްކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

“މަތީގައި ދެންނެވިފައިވާ ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް އެތަކެތީގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭ ނެގުމަށް އަންގަމެވެ. ” ކައުންސިލުގެ އިއުލާނުގައިބުނެފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި މިތަކެތި ނުނަގައިފިނަމަ ޤަވާޢިދު ނަންބަރު: 2019/R-984 “އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު” ގައިވާގޮތުގެމަތިން އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު އެސަރަޙައްދުން އެތަކެތިނަގާ ޓޯކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.