English Edition
Dhivehi Edition
އެގްރޯނެޓްގެ ފަރާތުން މީދޫގެ ދަނޑުވެރިއަކާ ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދެނީ

ޖަޕާން އިންޓަނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗާ ސްޓަޑީޒް ނެޓްވޯކް ފޮ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ސްކޮލާޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ހުޅުވާލި މި ފުރުސަތަކީ މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ހާސީލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި ސްކޮލަޝިޕްގެ ދަށުން މާސްޓާސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސީލްކޮށްފައިވުން ހިމެނެއެވެ. އަދި 1 އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުމާއެކު ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާޞިލުކޮއްފައިވުން ހިމެނެއެވެ. އަދި އޭޕްރީލް 2025ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެއެވެ.

ޖައިކާގެ މި ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފޮލް ޓްރާންސްކްރިޕްޓްގެ ކޮޕީ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ، ޖައިކާ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮއްފައިވާ ތަކެތި، މިހާރު ހާސިލް ކުރަމުންދާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ހިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަަޅަންޖެހެއެވެ، އަދި ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް، ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެ ފަރާތަކަށް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަާޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ހިމެނެއެވެ. މި ސްކޮލަރޝިޕަށް ހުޅަހެޅުމުގެ ސުންގަނޑިއަކީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30އެވެ.