English Edition
Dhivehi Edition
މުހައްމަދު ސާލީމް އާއި އަހްމަދު ސިވާތު ފޮޓޯ: ޕޮލިސް މީޑިއާ

ރަސްފަންނުގައި ތިބި ބިދޭންސީން ތަކަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއްގައި ދެ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ، ސ. ހިތަދޫ،. އަތިރީގެ، އަހްމަދު ސިވާތު އާއި އުމުރުން 37 އަހަރުގެ، ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމްއެވެ.

ފުލުހުން ބުނީ، ރޭ ރަސްފަންނުގައި ތިބި ބިދޭސީން ތަކަކަށް ވަޅިން ބިރު ދައްކައި ފައިސާ ހޯދުމަށް ފައިސާ ހޯދުމަށް މި ދެމީހުން މަސައްކަތްކޮށްފައިވާކަމަށާއި ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ. އިތުރަށް ފުލުހުން ބުނީ މި ދެމީހުން ވަނީ ދެ ބިދޭސީއަކަށް ބިރުދައްކައިގެން ވޮލެޓުގައި ހުރި ފައިސާ ފޭރިގެންފައިކަމަށެވެ.

އެ މީހުން ބިދޭސީންގެ އަތުން ފޭރުނު ފައިސާ ހޯދާފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ޓެގު