English Edition
Dhivehi Edition
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ، ޝަރީފް މުޙައްމަދު ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީން

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން 3 ބަހުރުވައިން މުހާތަބުކުރާ ކޯލްސެންޓަރެއް ތައާރަފްކޮއްފިއެވެ.

އައިޔޫއެމް އިން ތައާރަތްކުރި މި ކޯލްސެންޓަރަކީ 3 ބަހުރުވައިން މުހާތަބުކުރާ ދިވެހިރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރެވެ.

މި ކޯލްސެންޓަރުގައި ދިވެހި، އިނގެރޭސި އަދި އަރަބި ބަހުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މައުލުމާތު ހޯދުމަށް ގުޅާ އެހެނިހެން ފަރާތްތަކުން އައިޔޫއެމްގެ ހޮޓްލައިން ކަމުގައިވާ 1405 މެދުވެރިކޮށް ގުޅޭނެއެވެ.

ދިވެހިރާއްޖޭގެ ފުރުތަމަ ކޯލްސެންޓަރު އިފްތިތާހްކުރުމުގެ ރަސްމިއްޔާތު އެ ޔުނިވާސިޓީން ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވީ މޯލްޑިވިސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ، ޝަރީފް މުޙައްމަދެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ބުނީ ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކަކީ ބޭރުގެ ދަރިވަރުން ތައުލީމް އުގެނުމަށް އަންނަ ތަންތަނަށް ހެނދުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެ މަންޒިލަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.