English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް - ފޮޓޯ: ލަވް، އޮނަރ އެންޑް ރެސްޕެކްޓް

މެދު ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވަ ގޮތުން މި މައްސަލައިގައި ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. އެ ގޮތުން މީގެ ތެރެއިން އެއް ކުއްޖަކަށް ފަޅު ގެއެއްގެ ތެރޭގައި ޖިންސި ގޯނާކޮށްފައިވާކަމުގެ ވާހަކަތައް ފެތުރިފައިވާއިރު، ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ތެރެއިން މި މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ފުލުހުން ވަނީ ޖިންސީ ގޯނާގެ މައްސަލައެއް މެދު ދެކުނުގެ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމާއި، ސޯޝަލް މިނިސްޓްރީ އާ ގުޅިގެން މެދު ދެކުނުގެ ފުލުހުންގެ އިދާރާ އިން އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމުގައި ބުނެފައެވެ.