English Edition
Dhivehi Edition
ޖަހަންގިރް އާލަމް

ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ބުރުޒުމަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޖަހަންގިރް އާލަމް (45އ) އެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ސައިކަލުގެ މަޑިދަށުގައި ބަހައްޓާފައި ހުރި ޖުމްލަ 442،750 ދިވެހި ރުފިޔާ ޖަހަންގިރު ނަގާފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ޖަހަންގިރް އެކަމަށް އިންކާރު ކުރި ނަމަވެސް ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހިމެނޭ ކަމަށެވެ.

އެ މައްސަަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ޓެގު

1 ކޮމެންޓް
ގޮދާ ހަސަނު
ސެޕްޓެމްބަރު 15, 2024
ގަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ސައިކަލުގެ މަޑިދަށުގައި ގެންގުޅުނު މީހާއާއި ސުވާލެއް ނުކުރޭބާ.