English Edition
Dhivehi Edition
ޒަކިއްޔާ މޫސާ

ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ތަހްލީލު ކުރުމަށްޓަކައި މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ، ޒަކިއްޔާގެ ހަށިގަނޑު ތަހްލީލުކުރުމަށްޓަކައި މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އިއްޔެ ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާއެވެ. އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން އެ ވަގުތު ވަން މުނިސިޕަލް މުވައްޒަފުންނަށް ކަމަށެވެ. އޭރު ޒަކިއްޔާ އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް ވެއްޓިފައި ކަމަށާއި މަސް ކަނޑަން ގެންގުޅޭ ބޮޑު ވަޅިއެއް ކައިރީގައި އޮތްކަމަށް އެމީހާ މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.