English Edition
Dhivehi Edition
އަތުލައިގަތް ޑޮލަރުތައް ފޮޓޯ: އިމިގްރޭޝަން

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ 5 ބިދޭސީން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި ރެއިޑުގެ ތެރެއިން ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 5 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

https://x.com/ImmigrationMV/status/1831732822077534409

އިތުރަށް އިމިގްރޭޝަނުން ބުނީ މި ރެއިޑާއި ގުލޭ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.

ފުލުހުންނާއި އމިގްރެޝޭން ގުޅިގެން ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަނުގެ ތެރެއިން މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 257 ތަނެއް ރެއިޑުކޮށް 3،322 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.