އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް އިން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ މުޙައްމަދު ނާޝިދު، އުނިތޮށިގެ / ސ. ހިތަދޫއެވެ.
ފުލުހުން ވަނީ މިދިޔަ އަހަރު އެޕްރީލް މަހުވެސް މި މައްސަލައާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށް މި މީހާ ހޯދުމަށް އިއުލާންކޮށްފައެވެ.
މި މަހުގެ 3 ވަނަ ދުވަހު އަނެއްކާވެސް މުހައްމަދު ނާޝިދު ހޯދަން ފުލުހުން އިއުލާންކުރިއިރު، ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ، މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ.
އެގޮތުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް އައްޑޫ ސިޓީ، ހުޅުމީދޫ ޕޮލިސް ސްޓޭޝަން، ސެޕްޓެމްބަރު 11. 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.