މިއަދު ހަވީރުގެ ވަގުތެއްގައި މާލެ އާއި ހުޅުލެއާ ދެމެދުން ކަނޑުގެ ސަރަހައްދަށް ބަންޑުން ޖަހާލި ޑިންގީން ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލި ޑީންގީގައި ތިބީ ޖުމްލަ ހަތަރު މީހުން ކަމަށެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭން ކަމަށާއި އެ ހަތަރު މީހުންވެސް ސަލާމަތްކޮށްފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކަށް ކުދުކުދި އަނިޔާ ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ސަރަހއްދަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓް ގާޑުން ވެސް ހަރަކާތްތެރިވެފައިވާއިރު ބަންޑުން ޖަހާލި ޑިންގީ ސިނަމާލެ ބްރިޖް ސަރަހައްދާ ގާތްކުރުމަށް އެމްއެންޑީއެފުން ވަނީ މަސައްކަތް ކޮށްފައެވެ.