ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އައިޑީ މޮހަމެޑް ސެޚް (32އ) އެވެ.
މޮހަމެޑް ސެޙް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅާ ހިއްސާކުރުމަށްވަނީ އެދިފައެވެ.