English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ އައްޑޫ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

ސިޓީ ކައުންސިލުން ބުނީ ސިޓީ ފެންވަރުގައި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް މިއަހަރު ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. “އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް – 2024” ގެ ނަމުގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 20 އިން 30ގައެވެ. މި މުބާރާތް ކުރިއަށް ދާނީ އައްޑޫ ހައި ސްކޫލް ހޯލްގައެވެ.

“އައްޑޫސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް – 2024” ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް އެ އިދާރާގެ އެޑްމިން މެއިލް އަށް ފޮނުވުމަށް ވަނީ އެދިފައެވެ. އަދި މިބާރާތުގައި ބައިވެރިވާ ކުދިންގެ ލިސްޓް (އެކްސެލް ޝީޓް އަދި ޕީޑީއެފް ސޮފްޓް ކޮޕީ) 09 އޮކްޓޯބަރު 2024 ގެ 14:00 ގެ ކުރިން މެއިލް ކުރުމަށް ވަނީ އެދިފައެވެ.