English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މި ސަރުކާރުން ގައުމުގައި ހުރި މައްސަލަތަކަށް ހައްލުހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅު އެމްޑީޕީން ހުރަސް އަޅަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަބްދުއްސައްތާރު މުހައްމަދު މިހެން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި އޮތް ސްކޭމްގެ މައްސަލަތަކުގައި ބޭންކު އެކައުންޓުތަކުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ، ފުލުހުންނަށް ހުއްޓުވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

އެގޮތުން އަބްދުއްސައްތާރު ވިދާޅުވީ މިފަދަ މުހިއްމު ބިލްތަކާއި ގުޅިގެން އިިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަދައްކަމުން ދާ ކަމަށެވެ. އަދި ރައީސް، ޑރ.މުހައްމަދު މުއިއްޒު ކުރިމަތިލައްވައިގެން އުޅުއްވަނީ ވަކި މީހަކާ ނޫންކަމަށާއި ވަކި ފަރާތެއްގެ ގިރުވާނުގައި ހިއްޕަވައި ވަކިތާކަށް ލާން އެމަނިކުފާނު މަސައްކަތް ނުކުރައްވާކަމަށް އަބްދުއްސައްތާރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި ކުރާ މަސައްކަތަކީ މި މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތައް އެޅޭ ހުރަހެއްކަމުގައެވެ.