English Edition
Dhivehi Edition

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް، އުބާދަތު ހޯދުމަށް ފަސްވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީކަމަށެވެ. އެހެންކަމުން ބަންދުގައި ބަހައްޓައިގެން އޮގަސްޓް 20 ވަނަ ދުވަހުގެ 12:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިންގެ އުބާދަތު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށްވަނީ އެދިފައެވެ.

އުބާދަތު ހޯދަމުގެ މަސައްކަތް މިއަހަރު މެއި މަހުން ފެށިގެން ފުލުހުން ކުރަމުން އަންނައިރު މިދިޔަ މަހު 10 ވަނަ ދުވަހުވެސް އޭނާ ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.