English Edition
Dhivehi Edition
ވައިބާ އެޕްގެ އައިކޮން - ފޮޓޯ: ގޫގުލް

ވައިބާ ހެކްކޮށް މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަ ގިނަވެ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ވައިބާ ހެކްކޮށް، ގާތް ރަހުމަތްތެރިންނާ، އާއިލާ މެންބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރު ވަމުން އަންނަކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމުގެ ގޮތުން ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެއިތުރުން ފުލުހުން ވަނީ ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށް އެދިފައެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވެސް ވަނީ އެދިފައެވެ.

ފުލުހުން ވަނީ ސްކޭމްގެ ޝިކާރައަކަށްވަމުންދާ އާންމުން މަދުކުރުމަށް ‘ސްކޭމް ސެންޓާ’ އެއްވެސް ގާއިމް ކޮށްފައެވެ.