English Edition
Dhivehi Edition
ފުލުހުން ހޯދަމުން ދާ ސަލީމާ ސަލީމް، ފޮޓޯ: އޭއޯ ނިއުސް

ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން އަންހެނަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ ސަލީމާ ސަލީމް، މ. ގޯބިލިގަސްދޮށުގެ / ކ. މާލެ (52އ)އެވެ.

ފުލުހުން ބުނި ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށެވެ.

ފުލުހުން ވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، އޮގަސްޓް 20 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

ޓެގު