English Edition
Dhivehi Edition
ފުލުހުން ގެއްލިގެން ހޯދަމުން އަންނަ އަޙްމަދު އަނިލް މުޙައްމަދު ފޮޓޯ: ޕޮލިސް

އާއިލާއަށް ހަބަރެއް ނުވެގެން ހދ.ކުޅުދުއްފުށީ ޒުވާނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

އެހެންކަމުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު