English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

އައްޑޫގެ ހަންކެޑެ ބްރިޖު މާދަމާ، ރަސްމީކޮށް ހުޅުވުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރިޖު ހުޅުވައިދެއްވާނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ.

މި ބްރިިޖު މާދަމާ ރަސްމީކޮށް ހުޅުވިޔަސް އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ޑރ. ޖައިޝަންކަރު އަައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ވެސް ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އައު ބްރިޖަކީ ކުރިން ހަންކެޑެއާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖުގެ ބަދަލުގައި ބޭނުންކުރާނެ ބްރިޖެކެވެ. މި ބްރިޖު ގުޅުވާލަނީ މަރަދޫ އަވަށުގެ ބޮޑުގެ މަގާއި ގައުކެނޑިއެވެ. އެފްކޮންސްއިން މި ބްރިޖު އެޅުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުއެވެ.

ހަންކެޑެ-ގައުކެނޑި ބްރިޖު ބަދަލުކުރަން ނިންމީ ހަންކެޑޭގައި އެއްކޮށްލެވިފައިވާ ފަތުރުވެރިކަން (އިންޓަގްރޭޓެޑް ޓޫރިޒަމް) ތަރައްޤީކުރުމަށް ރޭވިފައިވާތީއެވެ. މި ތަރައްޤީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިންގ (ސީއެންއީސީސީ) އާއެވެ. މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ.