English Edition
Dhivehi Edition
ހަންކެޑެ ބްރިޖްހެދުމުގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ ކޮންސްޓްރަކްޝަން މިނިސްޓްރީ

އައްޑޫސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގައި ހިމެނޭ ޑީޓުއާ ބްރިޖު މަސައްކަތުގެ 95 ޕަސެންޓް މިހާރު ނިމިފައިވާކަމަށެވެ.

މި ބްރިޖުގެ މިހާރު ނުނިމި ހުރި މަސައްކަތްތަކުގެ ތަފްސީލު ދެމުން ކައުންސިލުން ބުނީ މި ޕްރޮޖެކްޓްގެ ކުރިޔަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ކްރޭޝް ބެރިއާ އަދި އެކްސްޕޭންޝަން ޖޮއިންޓް ހަރުކުރުން ހިމެނެއެވެ. އަދި މި މަސައްކަތްކުރުމަށް ވަގުތީގޮތުން އަޅާފައިވާ ވެލިތައް، ބްރިޖްގެ ދަށުން ނެގުން ހިމެނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމި މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތެވެ.