English Edition
Dhivehi Edition

އައްޑޫ ރީޖަނަލް ޕޯޓު ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ،

އިލްޔާސް މިހެން ވިދާޅުވީ ސަރަހައްދީ ބަނދަރުތައް ބޭނުންކޮށްގެން ސަރަހައްދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެ މަސައްކަތް ހަލުވިކުރުމަށް ގޮވާލާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައެވެ.

މި ގޮތުން އިލްޔާސް ވިދާޅުވީ ހިތަދޫ ޕޯޓު ތަރައްގީކުރުމަށް 70 މިލިއަން ރުފިޔާ ބޭނުންވާ ވާހަކަ ތިން ފަހަރެއްގެ މަތިން ރައީސް އަރިހުގައި ދަންނަވާފައިވާނެކަމަށެވެ، އަދި ކޮންޓިންޖަންސީގެ ތެރެއިން އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް އެކަން އަދިވެސް ހަމަނުޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ. އިތުރަށް އިލްޔާސް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާ އެކުވެސް ދެ ފަހަރު ރައީސްއާ ބައްދަލުކުރެއްވި ކަމަށާއި އޭރުވެސް އެކަން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

އައްޑޫ ބަނދަރަށް ބޭނުންވާ 70 މިލިއަން ރުފިޔާ ހަމަނުޖެހި ފަސް އަހަރުވެފައިވާކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އައްޑޫ ރީޖަނަލް ޕޯޓު ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

 

 

1 ކޮމެންޓް
ސައީދު
ފެބުރުއަރީ 28, 2023
ރަގަޅު ވާހަކައެއް. މިސަރުކާރުން އައްޑޫއެއާޕޯޓެއް ތަރައްގީއެއް ނުކުރާނެ. މިސަރުކާރު ހިންގުމުގައި ހުވަދޫ މީހުން ބޭނުންވާގޮތައްް އައްޑޫއެއާޕޯޓެއް ތަރައްގީއެއް ނުކުރާނެ. މިސަރުކާރުން ކަންތައް ކޮށްދެމުންދާނީ ސަރުކާރުގެ ބާރުގަދަ މަގާމްތަކުގައި ތިބި ހުވަދޫ މީހުން ބުނާގޮތައް.