English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ވ.ބޮޑު މޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ލަކްސް ގާޑަން، އަހްމަދު އަޝްރަފު (43އ)، ގދ. ތިނަދޫ، ބްލޫހެވަން އާގެ، އަމްޖަދު މުހައްމަދު (50އ) އަދި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ނަލިން އިންޑިކާ ކޮޑިކާރަ (53އ)ކެވެ،

ފުލުހުން ބުނީ، މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ބޮޑު މޮހޮރާގައި ބަނގުރާ ގެންގުޅެ ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން. ޑްރަގް އެންފޯސްމެންޓް އާއި އިންޓެލެޖެންސީ އަދި ވ.އަތޮޅު ފުލުހުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެ ރަށް ބަލާ ފާސްކުރިއިރު 24 ފުޅި ބަނގުރާ ފެނިފައިވާ ކަަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޓެގު