English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) ގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނިލެޖް އެންޑް ހިއުމަން ސައިންސް ފެކަލްޓީއާއި އިންފޮމޭޝަން ކޮމިޝަނަރސް އޮފީހާއި ގުޅިގެން މީޑިޔާ އެތިކްސްގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެ، ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ވޯކްޝޮޕްގެ ބައިވެރިންނަށް، އިސްލާމީ ނަޒަރަކުން މީޑިޔާއާއި ގުޅޭގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް މަޢުލުމާތު ޙިއްސާކުރުމާއި، ޕަބްލިކް ސްޕީކިންނާއި ގުޅޭ އުކުޅުތައް އަދި އެނޫން ވެސް މުޢާސަލާތުކުރުމާއި ގުޅޭ މަޢުލުމާތު ފޯރުކޮއްދިނުމެވެ.

“މީޑިޔާ އެތިކްސް”ގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން ބާއްވާ މި ވޯކްޝޮޕްގައި ޕަބްލިކް ސްޕީކާސްގެ ގޮތުގައި ބައިވެރިވެލައްވާނީ، އައި.ޔޫ.އެމްގެ ސީނިއަރ ލެކްޗަރާ، ޝެއިޙް އަބްދުﷲ މުޙައްމަދު، މީޑިޔާގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމައްވާ، ޢަލީ ޝާމިން، މޯލްޑިވިސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ މީޑިޔާ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ، މުޙައްމަދު ނާސިހް އަދި އިންފޮމޭޝަން ކޮމިޝަނަރސް އޮފިސްގެ ސެކްޓްރީ ޖެނެރަލް، އިދްރީސް އިސްމާއިލެވެ.

07 އޮގަސްޓް 2024 ވާ ބުދަ ދަވަހުގެ ހެނދުނު 9:00 އަކުން މެންދުރު 12:00އަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކުރިއަށްގެން ދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި، ބައިވެރިވުމަށް 05 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ގޫގަލް ފޯމް ފުރިހަމަކުރުމަށްފަހު މި ވެބިނާގައި ބައިވެރި ވުމަށް ރެޖިސްޓަރ ކުރެވޭނެއެވެ. (https://forms.gle/ShbwbCmxnJkHFuV16)