English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައިސް އޮފީސް

މި ސަރުކާރުން މިހާތަނަށް ހަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް ވަނީ، އިގްތިސާދީ ސިޔާދަތު ޔަގީންކުރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ފަރުދުންގެ ފުދުންތެރިކަމާއި، އާއިލާގެ ފުދުންތެރިކަމާއި، ޖަމާއަތުގެ ފުދުންތެރިކަން ޔަގީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެމައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ފައިސާއިން ދައުލަތް ހިންގުމަށް ހަރަދުކޮށް އަދި އެހެން ފަރާތްތަކަށް ދަރާފައިވާ ދަރަނިތައް ދެއްކުމަށްވެސް ހޭދަކޮށްފައިވާނެކަމަށެވެ. އަދި މިހާތަނަށް ދައްކަން ޖެހުނު އެއްވެސް ދަރަންޏެއް ނުދެއްކި ޑިފޯލްޓްވެފައި ނުވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ،

ސަރުކާރުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުން ހަރުދަނާކުރުމަށް ކުރައްވަމުންދާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ އެންމެ ރަނގަޅު ފެންވަރަށް ކަމަށެވެ.

ހަމަ އެއާއެކު ފަރުދުންގެ އާމުދަނީ އިތުރުކުރުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާނެކަން ފާހަގަކުރައްވައި ރައީސް ވަނީ އަންހެން ކަނބަލުންނަށް ހާއްސަ ލޯނުތައް ތައާރަފު ކުރައްވާނެކަމަށާއި، އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަގްވާމީ ބާޒާރަށް ވިއްކޭނެ ޒަމާނީ އަދި ފަސޭހަ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.