English Edition
Dhivehi Edition
ޕީޖީ ޝަމީމް

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކުރުމުގެ ސަބަބުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގައި ޖިނާއީ ކުށެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާމެދު އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލު ނުކުރާތާ 45 ދުވަސް ފާއިތުވެއްޖެނަމަ، އެ ފަރާތަކާމެދު، ގާނޫނޫ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޝަރުއީ ކޯޓަށް ފޮނުވުމަށް ޕީޖީ އޮފީހަށް ހުށަހެޅުމުގެ ބާރު ލިބިދީފައިވާ ކަމަށެވެ. ނަމަވެސް، އަމުރަށް ނުކިޔަމަންތެރިވުން ފަދަ ޖިނާއީ ދައުވާއެއް ކުރާ ނަމަ، އެކަން ކުރެވޭނީ ފުލުހުންގެ ތަހުގީގަކަށް ފަހު، އެ މައްސަލާގައި ޒިންމާވާ މީހަކު ދެނެގަނެވިގެންކަމަށް ޕީޖީ އިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުގެ މަތިން އެ މައްސަލާގައި ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގައިދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.