English Edition
Dhivehi Edition
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އާންމުން ހަރަކާތްތެރި ވަނީ ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ޕޮލިސް އެކަޑަމީގައި ކާނާ ވިހަވެގެން ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުންނަށްވެސް މިހާރު ފަރުވާދެމުން ދަނީ ވޯޑުގައިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހާލު ސީރިއަސްވި ދެ ދަރިވަރުންވެސް މިހާރު އައިސީޔޫ އިން ވޯޑަށް ބަދަލުކޮށްފައިވާކަމަށާ، އެ ދެ ދަރިވަރުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށެވެ.

ކާނާ ވިހަވުމުގެ ސަބަބުން ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ވަރަކަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، ފުލުހުން ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.