English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މާލޭގެ ފިހާރައަކުން ގަހަނާތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޗަމްޕާ މަގު ޕެންޒީ ފިހާރައިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެއެވެ.

އެ ފިހާރައިން އޭނާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގަހަނާތަކެއް ހޯދާފައިވާ އިރު މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ޓެގު