English Edition
Dhivehi Edition
ރައީސް ސޯލިހްގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު/ ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

ރައީސް ސޯލިހްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
“އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަން
މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން.” ރައީސް ގެ މެސެޖުގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ވަނީ އެޕާޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން ރައީސް ސޯލިހް އާއި އެމަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.