English Edition
Dhivehi Edition
ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގެތެރެއިން

އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް އިން ވިދާޅުވެއްޖެއެވެ.

މައުލޫމާތުލިބޭ ގޮތުގައި މިހާދިސާ އާއި ގުޅިގެން 33 ދަރިވަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާއިރު އެތަނުން 5 ކުއްޖަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އަދި އެ ފަސްކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހާލުސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މުއައްސަސާއިން ވިދާޅުވީ މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.

“ޝައްކުވަނީ ކާނާ ވިހަވީ ކަމަށް. ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރު ދަނީ އަނބުރާ ކޮލެޖަށް ގެންދަމުން” ފުލުހުން ވިދާޅުވިއެވެ.

ޕޮލިސް ކޮލެޖްގެ ކޭޓަރިން ބަލަހައްޓަމުން އަންނަނީ ބެސްޓް ސިލެކްޝަން ކޭޓަރިން އިންނެވެ.