English Edition
Dhivehi Edition
ލެބެއްގައި ޓެސްޓް ހަދަނީ

ނުރައްކާތެރި ޖަރާސީމަކުން ފެތުރޭ ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ އިތުރު ކޭހެއް ރިޕޯޓު ކުރެވިފައި ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މެނިންގޯކޮކަލް ވޭދަނައާއި ގުޅިގެން ކުރެވުނު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ބަލި ޖެހުނު މީހާއާއި ދިމާވި ފަރާތްތަކަށް ބޭސްދެވިފައިވާ ކަމަށެވެ.

މެނިންގޮކޯކޮލް ބައްޔަކީ ރާއްޖޭގައި މީގެ ކުރިން ވެސް ފެތުރޭ ބައްޔެއް ނޫނެވެ. އެ ބަލި ރާއްޖެއިން ފެނުނީ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އެނބުރި ރާއްޖެ އައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ) ގެގައިންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.

މެނިންޖައިޓިސްގެ އަލާމަތްތަކުގެ ތެރޭގައި ސިކުނޑި އާއި ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދުލިފަށަލަ އިންފެކްޓުވެ، ދުޅަވުމާއި ލޭގާ އިންފެކްޝަން އުފެދި، ބެކްޓީރިއާ ލޭގައި ދައުރުވެ، ލޭހޮޅިތަކަށް ގެއްލުންވުން ހިމެނެ އެވެ.

މި ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ ބަލިޖެހޭތާ 1-10 ދުވަހާ ދެމެދު އެވެ.