English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް މީޑިއާ

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް އެކަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕެއް ރޭ 19:51 އެހައިކަންހާއިރު ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ،

އެ ޕިކަޕު ހުއްޓުވައި، އޭގައި ތިބި މީހުންނާ ސުވާލުކުރުމުން ތުހުމަތުކުރެވިގެން އެ ޕިކަޕުގައި ހުރި ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 150 ފުޅިއާއި ފައިސާތަކެއް ފެނިފައިވެއެވެ. މި

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަނގުލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ޓެގު