English Edition
Dhivehi Edition

ރޭ ދަންވަރުން ފެށިގެން ކޮޅުމަޑުލު ވޭމަންޑުއަށް ބޯކޮށްވާރޭވެހި މަގުތަކާއި ބައެއްގޭގައި ފެންބޮޑުވެއްޖެ ކަމަށް
އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ޒިންމާދާރުވެރިޔާ އާދަމް ޝަރީފް ވިދާޅުވީ ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ އިތުރަށް ބައެއްގޭގެ ފާޚާނާވެސް ބޭނުން ނުކުރެވޭ ކަމަށެވެ. “މިހާރުވަނީ ވާރޭ ހުއްޓާލައިފައި. ހެނދުނާހަމައަށް ބޯކޮށްވާރޭވެހުނު. ރަށުގައި ބޮޑުވެފައިވާ ފެން ހިންދާލުމަށް ކޯރުކޮނެގެން ފެންވަނީ ހިންދައިފައި. ރަށުގެ އާންމުހާލަތުވެސް މިހާރު ރަނގަޅު. އެކަމަކު ބައެއްގެތަކުގެ ފާޚާނާތައް ބޭނުން ނުކުރެވޭ،” ޝަރީފް ވިދާޅވިއެވެ.

އޭނާވިދާޅުވީ ފެންވަދެ ގެއްލުންވި ގެތަކުގެ ތަފްސީލެއް އަދި ނަގައިފައިނުވާ ކަމަށެވެ. އެމަސައްކަތް މާދަމާ ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ އެރަށުގައި ފެންބޮޑުވުމުން ފުލުހުންނާއި ރަށުކައުންސިލާއި ރައްޔިތުން ގުޅިގެން ވެލިބަސްތާޖަހައި ފެންހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.