މާލެއިން ގެއްލިގެން ހޯދަމުން ދާ ފުވައްމުލައް ސިޓީގެ ޒުވާނާ އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ގެއްލިގެން ހޯދަން ވަނަވަރު ހާމަކޮށްފައިވަނީ ޏ. ފުވައްމުލަކު، ދިގުވާގަނޑު/ އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ)އެވެ.
ފުލުހުން ބުނީ އިޔާޒް ވަސީމް، އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އިޔާޒް ވަސީމް އެންމެ ފަހުން ފެނިފައި ވަނީީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާއިރު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ފުލުހުންގެ ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.