English Edition
Dhivehi Edition
ސިނަމާލެ ބްރިޖް/ފޮޓޯ ގޫގުލް

ހައިވޭގައި ސައިކަލު ކާހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އިއްޔެ ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސްރީލަންކާ ފިރިހެނަކަށް ކަމަށެވެ. ފުލުހުން ބުނީ ހައިވޭގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް އިއްޔެ ހެނދުނު 6:40 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ މިއަދު އެ މީހާ މަރުވެފައިވާ ކަމަށެވެެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ،