English Edition
Dhivehi Edition

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނެލް މެސީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯ އާއި 30 ޖޫންގައި ކައިވެނި ކުރަން ތައްޔާރުވަމުންދާކަމަށް މެސީގެ އޭޖެންޓް މީޑިއާއަށް ޔަގީންކޮށްދީފިއެވެ. މެސީގެ އެޖެންޓް ބުނެފައިވަނީ މެސީ ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ 30 ވަނަ އުފަންދުވަހަށް ވުރެ 1 ހަފުތާ ފަހުންކަމުގައެވެ. މެސީގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފަވަނީ އޭނާ އުޅެ ބޮޑުވި ސަރަހައްދު ރޯސާރިއޯ، ސަންޓަ ފީ ގައެވެ. 2008 ވަނަ އަހަރުން ފެށިގެން މިދެމީހުން އެކު ދިރިއުޅެމުން އަންނަ އިރު މެސީއަށްވަނީ ދެކުދިން ލިބިފައިވެއެވެ. ހަތަރު އަހަރާއި 1 އަހަރުގެ މިދެ ފިރިހެންކުދިން ވެސް އުފަންވެފައި ވަނީ ސްޕެއިންގެ ބާސެލޯނާގައެވެ. މި ކާވެންޏަށް މެސީގެ ބާސެލޯނާ 21 މެންބަރުން ހާޒިރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އާޖެންޓީނާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މެންޗެސްޓަރ ސިޓީގެ ފޯވަރޑް އަގުއޭރޯގެ އަންހެނުން ކަރީނާ އާއި އަގުއޭރޯ، ޚާއްސަ މެހުމާނުންގެ ގޮތުގައި ބައިވެރިވާނެކަމަށް ވެއެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވާ ފަރާތަކަށް މެސީ ބުނެފައިވަނީ އެމީހުންނަށް އެއްވެސް ހަދިޔާއެއް ނުދިނުމަށެވެ. އަދި ހަދިޔާ ދޭން ބޭނުންވާ ފަރާތްތަކުން ލިއޮނެލް މެސީ ފައުންޑޭޝަނަށް އެހީވެދިނުމަށެވެ. އަދި ޔަތީމް ކުދިންނަށް އެ ހަދިޔާތައް ދިނުމަށް މެސީވަނީ އެދިފައެވެ. މެސީގެ އުފަން ސަރަހައްދުގައި ބޭއްވޭ މި ކާވެނީގެ ހަފްލާ ވެގެންދާނީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ލެޓިން އެމެރިކާގައި ބޭއްވޭ އެންމެ ޚާއްސަ ކާވެނީގެ އިޙުތިފާލަށެވެ